މަގުމަތި އަންބާރާވެފައި


ކޮންމެ ބޭފުޅަކީވެސް ކޮންމެވެސް ބޭނުމެއްގައި މަގުމަތި ބޭނުންކުރައްވާނެ ފަރާތެކެވެ. މަގުމަތި ބޭނުންކުރުމަކީ އެތަކެއް ދަތިތަކާ ކުރިމަތިލާންޖެހޭކަމަކަށްވާއިރު އެންމެ އުނދަގޫވަނީ ސިނގިރޭޓް ދުމުންތޯ ނުވަތަ ދުއްވާ އުޅަނދުތަކުގެ ދުމުންތޯ ޚާއްސަގޮތެއްގައި ނޫކުލައިގެ ފުޅީގައި ގޭސް އުފުލާލޮރީތަކުންތޯ؟ ނުވަތަ ގޭގޭ އަރިއަރި މައްޗަށް މަޑުކޮށް ކުނިއަޅަމުންދާ ކުނިލޮރީތަކުގެ ވަހުންތޯ؟ ވިސްނަވާލައްވާ. މީގެތެރެއިން ކޮންކަމެއްތޯ މިހާތަނަށް ހައްލުކުރެވުނީ؟ ރޯޑްވާދިނަސް ހަދައިގެން ދުއްވާ ލޮރީތަކުގެ ހަޤީޤީ ހާލަތަކީ އެއީތޯ؟ ނުނީ ސިންގިރޭޓް ބުއިމުގެ ޤާނޫނު ބޮނޑު ނަގުލަށް ދިޔައީތޯ؟ ނުވަތަ ކުނިލޮރީތައް އަރިއަރިމަތީ ފިލައިޖަހައިގެން ދުއްވީމާ އަންމުމީހާޔަށް ދުވަމުންދާ މަލްމަލް ވަސް އިސް ބޭފުޅުންނަށް ނުދުވަނީތޯ.
ކުދިކުދި މަގުތަކުގައި އެއްފަޅީގައި ޕާކުކޮށްފައި ހުންނައިރު، މިފަދަ ބޮޑެތި އުޅަނދުތައް ވަނުމާއެކީ އެސަރަހައްދު ތޮއްޖެހެއެވެ. އަދި އުޅަނދުން އެކަކު ފައިބައިގެން ގޮސް ފަހަރަކު ސައިކަލެއް އެތެރެކުރަމުން އުޅަނދު ކުރިއަށް ޖައްސަމުންދެއެވެ. މީ ހަމަ މިކަން ކުރަން އޮންނަގޮތްތޯ؟ ނޫނީ މިފަދަ ކުދި ކުދި މަގުތަކަށް ބޮޑެތި އުޅަނދު ނުވަދެ ނުވަނީތޯ؟
އެންމެ ފަހުންވެސް ފެނިގެންދިޔަ މަންޒަރަކީ އަޅުގަނޑަށް ޤަބޫލުނުކުރެވޭފަދަ ކަމެކެވެ. ކުރިއަށް ލިޔެވެމުން މިދަނީ އަޅުގަނޑު ވަކި ފިކުރަކަށް ބުރަނުވޭ ލިޔެވޭ ލިޔުން ކޮޅެކެވެ.
އެނގިވަޑައިގަންނަވާނެ ފަދައިން ކެނެރީމަގަކީ އެހާމެ ބާރުބޮޑު، ސައިޒުންކުޑަ މަގެކެވެ. ދެކޮލެޖުގެ ކުދިން ނިމިގެން އަދި އަމީނިއްޔާއަށްދާ ކުދިންނާ ބެލެނިވެރިން ބޭނުންކުރަމުން އަންނަ މަގެކެވެ. މިމަގުގެ ހަލަބޮލިކަމުން ކޮލެޖުތަކުން މިމަގަށް ބޮޑެތި އުޅަނދުތައް ނުވަދެވޭނެގޮތެއް ހައްދަވައިދެއްވުމަށް އެދިލެއްވީ ކިތައްފަހަރުތޯއެވެ. އެކަން ބަލައިގަތްތޯއެވެ. އެހެންނަމަވެސް ދެންކަންދިމާވީ އެހެންގޮތަކަށެވެ. އެމަގުގައި ބޮޑު ގެސްޓްހައުސްއެއް ހުޅުވުމުން އަދި މިހާރުގެ ކައުންސިލް ހޮވުމާއެކީ މަންޒަރު ބަދަލުވިއެވެ. ގެސްޓްހައުސްއަށް ދަތިވާތީ ޕާކިންގ ޒޯން އަނެއްފަޅިއަށް ބަދަލުކުރެވުނުވެ. މީގެން އަދިވެސް އާންމުނަށް ލިބުނުފައިދާއެއްނެތެވެ. ފައިދާވަނީ ސަމަރސެޓް ހިންގާފަރާތަށާ ކައުންސިލަރުންގެތެރެއިން އެންމެގިނައިން އެގެސްޓްހައުސްއަށް ވަދެވަޑައިގަންނަވާ ބޭފުޅާއަށެވެ. އަދިވެސް އާދައިގެ މީހުން އެމަގުގައި ތޮއްޖެހިގެން ދުމާ ކުނިވަހުން ސަލާމަތްނުވެ ބަރުގޮނުގެ އަޑުއަހަންޖެހެއެވެ. މީ އެންމެ މިސާލެކެވެ. މިފަދަ ކިތައް މިސާލު ހަމައެކަނި މާލޭގައިވާނެބާއެވެ.
ހަޤީޤަތަކީ އާންމުފަރުދުނަށް ފައިދާވަނެގޮތަކަށް އެއްބޭފުޅަކުވެސް ނުވިސްނަވާކަމެވެ. ކަމާގުޅުންހުރި މިނިސްޓްރީތަކުން ނުވަތަ ކައުންސިލުން މިކަމަށް ހައްލެއް ހޯއްދަވައިދެއްވާނީ ކޮންއިރަކުންބާއެވެ؟

No comments: