ސިޔާސީ ބޭފުޅުންގެ ތެރަސް ބާލިދީ

ސިޔާސީ މޫސުމަކީ ކޮންމެ ޤައުމަކަށްވެސް އަންނާނެ މޫސުމެކެވެ. ސިޔާސީ މޫސުން ގާތްވާވަރަކަށް ކުރިމަތިލައްވާ ބޭފުޅުންގެ އިހަށްވުރެ ދީލަތިވެ އަދި އެހާމެ ރައްޔިތުންގެ ގާތްމީހަކަށްވެއެވެ. ރައްޔިތުންނަށް އިހާނެތިކޮށްކަންތައްތައް ކޮށްފައިވާ މީހުންވެސް އެކަމުގެ ބަދަލުގައި އެތައް ރަނގަޅުކަމެއް ދައްކައެވެ. ނަތީޖާއަކީ ފައިސާއިން ނުހެއްލޭ ރައްޔިތެއް ނެތުމެވެ. ރައްޔިތުން އަތުގައި އެކަލަ ތެރަސް ބާލިދީ ހިފައިގެން ދަންވަރު މަގުމައްޗަށް ނެރެއެވެ. ރައްޔިތުންލައްވާ ބެނާރ ދަމާ ޕޯސްޓަރު ތަތްކުރުވައެވެ. އެއްވެސް ޤަވާއިދަކުން ނޫނެވެ. ހަމަ ޖެހުނުހާތަކު އަދި ޚާއްސަ ގޮތެއްގައި އިދިކޮޅު ފަރާތްތަކުގެ ޕޯސްޓަރުމަތީގައި ތަތްކުރުމަކީ މާބޮޑު ފަޚުރަކަށްވެދެއެވެ. މިފަހަކަށް އައިސް ހަމަ ކޮންމެ ރެއެއްގެ 2:00ން 4:30 ދޭތެރޭ (ޔައުނީ ފަތިސްނަމާދަށް ގޮވުމާއިހަމައަށް) ތެރަސް ބާލިދީތައް މަގުމަތިން ފެނެއެވެ. ކުނިކަހާ ފަރާތްތައް ނިކުތުމުގެ ކުރިން ހުރިހާ ކަމެއް ނިންމާލައެވެ. އެހެން ނަޒަރަކުން ދެކެނީނަމަ މީވަރަށްވެސް ރަނގަޅުކަމެކެވެ. ސަބަބަކީ ވައްކަން މަދުވެއްޖެއެވެ. އަދި ކުޑަ ފައިސާކޮޅަކަށް ނަމަވެސް ޒުވަނުންކޮޅު ކަމެއްގައި މަސްއޫލެވެއްޖެއެވެ. ނަމަވެސް ކޮންމެ ކަމެއްގައި ދެފުށްއޮންނަހެން މިކަމުގައިވެސް އެތައް ބޭއަދބީ ކަންތައްތައް އެކުލެވިގެންވެއެވެ. ހުއްދަނެތި ގޭގޭ ފާރުގައި ތަކެތި ހަރުކުރުމާއި އެހެން ފަރުދުންނަށް ޖެއްސުންކުރުމުގެ ނިޔަތުގައި އެތައް ކަމެއް ފެންނަމުން ދެއެވެ. މީހަމަ ސިޔާސީ ބޭފުޅުން ބޭނުންވާ ގޮތްބާވައެވެ؟ ބޭނުންވަނީ ރައްޔިތުންނާ ރައްޔިތުންނާ ޖެހިގެން ފިތުނަ ފަސާދަ އުފައްދައްތޯއެވެ. އެއްތެރަސް ބާލލިދީއަށްވުރެ އަނެއް ތެރަސްބާލިދީ ތަތްގަދަކޮށްގެން އެއްޕޯސްޓަރުމަތީ އަނެއް ޕޯސްޓަރު ހިއްޕުން އެއީ މާގަދަކަމެއްތޯއެވެ. މީހުންނަށް ދުއްތުރާކުރުމާ ފުރައްސާރަކުރުމަށް ރައްޔިތުންނަށް ފައިސާ ދެނީ ކީއްވެބާއެވެ. މިސުވާލުތަކުގެ ޖަވާބުގައި ކޮންމެ ބޭފުޅަކުވެސް ބުނަނީ " އަޅުގަނޑު ދުވަހަކުވެސް ތިޔަފަދަ ގޮތަކަށް ކަންތައް ވިޔަކަނުދެން" ނަމަވެސް ކަންވަނީ އަދި ފައިސާ ލިބިދެނީ މިކަމަށް ނޫންތޯއެވެ.

No comments: