! ގަބޫލެއް ނުކުރެވޭނެދޯ


ދިވެހިރާއްޖެއަކީ ޒަމާނުއްސުރެ ވަރަށް ސަދާ މިޒާޖެއްގެ ރައްޔިތެއް ދިރިއުޅެމުން އަދި ޤައުމެއްކަމަށް ވަރަށް ގިނަ ފޮތްފޮތުން ފެނެއެވެ. ނަމަވެސް މި ސާދާ ކަމާ ރިވެތިކަމުގެ ޙަޤީޤީ މަންޒަރު ކުލަވަނީ ތާރީޚް ބަލާލުމުންނެވެ.
އަޅުގަނޑުވެސް، އަދި ތިބޭފުޅާވެސް ކުޑައިރުގެ ހަނދާންކޮށްލަމާހެއްޔެވެ. ޕޯޗުގީޒުންނާ، ހޮޅީންނާ، ފޫޅުދިގު ހަންޑި އަދި މިހެން ކިޔާ ހުސްނުވާނެއެވެ. ލިޔެވެމުން މިދަނީ ހަމަ އަޅުގަނޑުގެ ޚިޔާލެވެ. މިނަވަންކަމުގެ ހުދޫދުގެ ތެރޭގައި ލިޔެ ނިންމާލެވޭތޯ މަސައްކަތްކުރާނަމެވެ.
ދެން އޮތީ ސުވާލެކެވެ. ހަމަ ހަޤީޤަތުގައިވެސް ޕޯޗުގީޒުން ރާއްޖެ އަޅުވެތިކުރިބާއެވެ؟ އެތައް އަހަރުތަކެއްގައި މިޤައުމު އަޅުވެތިކަންމަތީ ގެންގުޅުނުބާއެވެ؟ ޕޯޗުގީޒުން މިޤައުމުގައި ހޭދަކުރި އަހަރުތަކުގައި ހަމައެއްވެސް މީހާކު އޭގެތެރެއިން މަރުނުވަނީބާވައެވެ؟ އެތަނުން ބަޔަކު އުޅުނު ގަނޑުވަރެއް، ގެއެއް ނުވަތަ ވަޅުލާފައިވާ މަހާނަގަލެއްގެ މިންވަރުވެސް ފެންނަން ނެތުމުން މިސުވާލުތަކަށް ޖަވާބު ލިބިދާނެއެވެ. މިފަދަ ވާހަކަތައް މިގޮތައް، މިއަދާ ހަމައަށް އައުމުގެ މާނައަކީ ނުވަތަ ސަބަބަކީ ކޮބާބާއެވެ. އެހުރިހާ އަހަރެއްގައި އެމީހުންގެ އަނބިދަރިން މިޤައުމުގައި އުޅުނުބާވައެވެ؟ އެހެންކަމަށްވާނަމަ އެނަސްލު މިޤައުމުގައި ފެތުރިފައިނެތީ ކީއްވެބާއެވެ؟ މިހުރީ ހައްތަހާވެސް ސުވާލެވެ. މިސުވާލުތަކުގެ ޖަވާބު ލިބެން އޮތް ގޮތެއްވެސް އެނގިފައެއް ނުވާނެއެވެ. މީ ދިވެހި ރާއްޖެއެވެ.
ދިވެހިންގެ މަޒީގައި ގަނޑުވަރުގެ ކުޅިވަރަކީ ވަރަށް ސަޤާފީ ކުޅިވަރެކެވެ. އެކި ރަސްރަސްކަލުން އަދި އެ ރަސްކަލުންގެ ކަމަނާއިން އުޅުއްވި ސާދާ ދިރިއުޅުމުގެ ވާހަކަ ދައްކާނަމަ ދިވެހިބަހުގައިވެސް އެފަދަ މުޑުދާރު ބަސް ނުވެސް ހުންނާނެއެވެ. ގަނޑުވަރުތެރޭގައި އެއްޖިންސުން ނުވަތަ ދެޖިންސުން ހޯއްދަވަމުން ގެނެދެވި އުފާ މިތަނުގައި ކުރުކޮށްލަމެވެ. އަޑުއިވޭގޮތުގައި ފޫޅުދިގު ހަންޑީގެ ވާހަކައަކީވެސް، އަދި ރާއްޖެ އިސްލާމްވާން ދިމަވި ހާދިޘާއަކީވެސް މިފަދަ ޖިންސީކުޅިވަރުގެ ތެރެއިން އުފެދިގެން ދިޔަވާހަކަތަކެވެ. ނަމަވެސް މިއަދާ ހަމައަށް އައިރު މިހުރިހާ ވަހަކައެއްވެސް މިވަނީ ވަރަށް ބޮޑަށް އޮމާންކުރެވި ވަރުނީސް ލެވިފައެވެ. މީ ދިވެހި ރާއްޖެއެވެ.
ފެންނަމުން މިދާ މަންޒަރުތަކަކީވެސް ހަމައެފަދަ މަންޒަރުތަކެކެވެ. ފުރަތަމަ ޖުމްހޫރިހާގެ ރައީސް ވެރިކަމުން ބޭލީ ހަސަދަވެރިވާ ބަޔަކުގެ ވަރުގަދަ ރޭވުމަކުންނެވެ. ދެވަނަ ޖުމްރޫހިއްޔާ ފުރަތަމަ ރައީސް ނާޟިރުވެސް ވެރިކަމުން ދުރުވެގެން ދިޔައީ ހަމަ މިފަދަ ގޮތަކަށެވެ. ނަމަވެސް އުމުރުން ދުވަސްވެފައި ތިބި ގިނަ މީހުން ބުނާގޮތުން އެއީ މިހާތަނަށް ދިވެހި ރާއްޖެއަށް އައި އެންމެ އެކަށީގެންވާ ރައީސްއެވެ. ނާޟިރުގެ ވެރިކަމުން ދުރުކުރުމުގެ އެންމެ ބޮޑު ރޯލެއް ކުޅެފައިވަނީ މައުމޫނެވެ. މައުމޫނަށްވެސް ވެގެން ދިޔައީ ހަމަ މިފަދަ ގޮތެކެވެ. ބޮޑު ބަދަލަކާއެކު ޕާޓީސިސްޓަމެއްގެ ތެރެއިން ހޮވިގެނ ދިޔަ ނަޝީދަށްވެސް ވެގެން ދިޔައީ ހަމަ މިފަދަ ގޮތެކެވެ. ހަސަދަވެރިކަމާ ފައިސާއަށް ދަހިވެތިވެ އަދި ޤައުމަށް ޚިޔާނާތްތެރި ނުވަނީ ކާކުބާއެވެ.

މިހުރިހާ ކަމެއް އެކުވުމުން މިރާއްޖޭގައި ޤަބޫލުކުރެވޭނެ އެއްވެސް ތާރީޚެއް ނުވަތަ އެއްވެސް އުސޫލެއްވެސް ނެތެވެ. ހުރިހާ ބިތެއްގައިވެސް ވަނީ ހުދު ފޮތި އެޅި ނިވާވެފައެވެ. ދެން އޮތީ ހަމަ އެންމެ ސުވާލެކެވެ. ދިވެއްސަކަށްވީތީ ފަޚުރުވެރިވާނަންތޯ އެވެ؟ އަޅުގަނޑުގެ ޖަވާބަކީ ހަމަ ގައިމުވެސް ނޫނެކެވެ!

No comments: